ގާފަރާއި، މަޑުއްވަރީގައި 150 ދުވަހުގެ ތެރޭގައި އައިސްޕްލާންޓް އަޅަން މިފަހަރު މިފްކޯއަށް

ގާފަރާއި، މަޑުއްވަރީގައި 150 ދުވަހުގެ ތެރޭގައި އައިސްޕްލާންޓް އަޅަން މިފަހަރު މިފްކޯއަށް

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 04:20
0

ރ.މަޑުއްވަރީ އަދި ކ.ގާފަރުގައި ބެއްހެއްޓުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް މިފްކޯ އާއި ހަވާލުކުރުުމުގެ ކޮންޓްރެކްޓްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިމަަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ މިމަސައްކަތް ކުރުމަށް ހަވާލުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއިއެވެ.5 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަސައްކަތް އެކުންފުންޏަށް ކުރެވިފައި ނުވެއެވެ.

25 ޓަނުގެ މި ދެ އައިސްޕްލާންޓްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނޭ އައިސް ޕްލާންޓްތަކެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

7.99 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓް ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ޚާއްސަކޮށް މި އައިސްޕްލާންޓްތަށް ޤާއިމުކުރެވޭ އަތޮޅުތަކުގެ މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމުގައި ފިޝަރީޒްސް މިނިސްޓްރީއިން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.