ފުލުހުން، ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ފުލުހުން، ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ގުޅުންހުރި

މާލެ، 6 މާރިޗް 2025 – މާލެ އާއި ހުޅުލެ އާ ދެމެދު ގުޅާލާފައިވާ ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ނަމަވެސް، އެ މީހާއަކީ ކާކުކަން އަދި ސަބަބާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، އެ މީހާ ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައިވަނީ ޓްރެފިކް ބަލަހައްޓާ ދެ ފުލުހެކެވެ.

ސިނަމާލެ ބްރިޖުން މޫދަށް ފުންމާލި މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ