ރެސިޕީ 9: ޗިކަން ސްޓްރޮނޮފް ގާލިކް ޕާސްޓާ

ރެސިޕީ 9: ޗިކަން ސްޓްރޮނޮފް ގާލިކް ޕާސްޓާ

ގުޅުންހުރި

މިއަދު މިގެނެސްދެނީ ރޯދަ ވިއްލާ ގަޑީގެ އިތުރުން ތަރާވީހް ގަޑީއަށް ވެސް ކަމުދާނެ ކަހަލަ ރެސިޕީ އެކެވެ. މީ ޕާސްޓާ ކަމުދާ މީނުންނަށް އަދި ކުދިންނަށް ވެސް ވަރަށް މީރު ވައްތަރެއްގެ ޕާސްތާ އަކަށް ވާނެއެވެ.

މި ރެސިޕީގައި މި ކިޔައިދެނީ ތިން މީހުންނަށް ވާވަރަށެވެ. އާއިލާ ގައި މެމްބަރުން ގިނަ ނަމަ އަދަދު ތަށް ޑަބަލަ ކޮށްލުމުން ރަނގަޅު ވާނެއެވެ. އެހެން ކަމުން މި ރޯދަ މަހުގައި މި ރެސިޕީ ޓްރައިކޮށްލާނެ ކަމަށް އުންމީދ ކުރަމެވެ.

މަސްގަނޑަށް ބޭނުން ވާނެ ތަކެތި:

3 މޭޒުމަތީ ސަމުސާ ތެޔޮ

1 ޖޯޑު ފިޔާ (ޑައިސްކޮށް ކުދިކޮން ކޮށާފައި)

2 ލޮނުމެދު (ޗޮޕް ކޮށްފައި)

500 ގްރާމްގެ ކަށިނެއް ކުކުޅު (ކުދިކޮން ކޮށާލައިފައި)

200 ގްރާމްގެ މަޝްރޫމު (ކޮށާލައިފައި)

1 ސައިސަމުސާ ބްލެކް ޕެޕާ ޕައުޑަރު

1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް

1 މޭޒުމަތީ ސަމުސާ ޑްރައި ތައިމްސް

4 މޭޒުމަތީ ސަމުސާ ފުއް

2 ޗިކަން ކިއުބް (އެއްޖޯޑު ފެނުންގައި މިކްސްކޮށްފައި)

2 މޭޒުމަތީ ސަމުސާ ޑަބަލް ކްރީމް

3 މޭޒުމަތީ ސަމުސާ ސްވީޓް ޗިލީ ސޯސް

ލޮނުކޮޅެއް

ޕާސްޓާ އަށް ބޭނުން ވާނެ ތަކެތި:

500 ގްރާމްގެ ޕާސްޓާ (ކައްކައިފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު

5 މޭޒުމަތީ ސަމުސާ ބަޓަރު

ލޮނު އަދި ޕެޕާ ޕައުޑާ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އުދުން މައްޗަށް ތެލި އުދާާށެވެ. އެއަށް ފަހު ތެޔޮ ކޮޅު އަޅައި ލާށެވެ. ތެޔޮކޮޅު ހޫނު ވުމުން ފިޔާ ކޮޅު އަޅައި ވަޅޯ ކޮށްލާށެވެ. ފިޔާ ކޮޅު ވަޅޯ ވުމުން ލޮނުމެދު ކޮޅު އަޅާއި އެއްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު އަޅައިގެން ކައްކާލާށެވެ. ކުކުޅު ކޮޅަށް މަޑު ގޯލްޑެން ބްރައުން ކުލަ އެރުމުން މަޝްރޫމް އާއި ތައިމްސް އަޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު މަޝްރޫމު ކޮޅު ރޯފިލަންދެން ކައްކައިލާށެވެ. އެއަށް ފަހު ލޮނު، ޕެޕާ އަދި ޗިލީ ފްލޭކްސް ސްވީޓް ޗިލީ ސޯސް ކޮޅު އަޅައިލާ އެއްކޮށްލާށެވެ. އެއަށް ފަހު ފުއްކޮޅު އަޅައި އެއްކޮށްލުމަށްފަހު ޗިކަން ކިއުބް އަޅައިލާށެވެ. ދެން ކެކެން ފެށުމުން ޑަބަލް ކްރީމް ކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ރަނގަޅަށް ކައްކާލުމަށްފަހު އުދުން މަތިން ތެލި ބާލާށެވެ.

އިތުރު ތެއްޔަކަށް ބަޓަރު ކޮޅު އަޅައި އުދުން މައްޗަށް އުދާލާށެވެ. ބަޓަރު ކޮޅު މެލްޓް ވުމުން ގާލިކް ކޮޅު އަޅައި އެއްކޮލާށެވެ. އަދި ލޮނާއި ޕެޕާ ކޮޅު އަޅައި އެއްކޮށް ލުމަށްފަހު ޕާސްޓާ ކޮޅު އަޅައި ލާށެވެ. ހުރިހާ ޕާސްޓާއެއްގައި އެއްވަރަކަށް އުނގުޅޭނެ ހެން ރަނގަޅަށް އެއްކޮށްލާށެވެ.

ސާވް ކުރުމަށް ތައްޓަކަށް ޕާސްތާ އެޅުމަށްފަހު މައްޗަށް ތައްޔާރު ކުރި ކުކުޅު އަަޅައި ސާވް ކޮށްލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ