މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި 40,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި 40,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި

ގުޅުންހުރި

މިހާތަނަށް މާލެ ސަރަހައްދުގައި 40,000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއީ ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސްކޭހެއް ބަހަމުންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

"މިހާރު ހަމަ ގިނަ ރަށްރަށުގައި މަސްދަޅު ކޭސް ބަހައި ނިމިފައި ވަނީ," މިނިސްޓަރު މިއަދު "މިހާރު" ނޫހަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފަސް ތަނަކުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހުނު ނަމަވެސް، ދިގު ކިއުތައް އުފެދުމާ ގުޅިގެން ސަރުކާރުން މަރުކަޒުތައް އިތުރުކޮށްފައިވެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ޓޯކަން ނިޒާމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

މަސްދަޅު ކޭސް ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. އަދި ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްގެންނެވެ. ސަރުކާރުގެ މި ޚާއްޞަ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 80,000 އަށްވުރެ ގިނަ ގޭބީސީތަކަށް މަސްދަޅު ބަހާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ