ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބު: މެންދުރުވިއިރު %50 މީހުން ވޯޓުލައިފި

ދ. މީދޫ ކައުންސިލް ރައީސް ހޮވުމުގެ އިންތިޚާބު: މެންދުރުވިއިރު %50 މީހުން ވޯޓުލައިފި

Author
އަހުމަދު
13 ޖޫން 2026 01:00
0

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގެ އިތުރު ބުރުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މެންދުރު 12:00 އާ ހަމައަށް ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 1049 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 523 މީހުން މިހާތަނަށް ވަނީ ވޯޓުލާފައެވެ. އެއީ 313 ފިރިހެނުންނާއި 210 އަންހެނުންނެވެ. މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ވޯޓުލުމަށް ޖުމްލަ ތިން ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ މީދޫ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ވަނީ އެއް ފޮށި ބަހައްޓާފައެވެ.

މީދޫ ކައުންސިލް ރައީސް ހޮވުމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ އެއް ވޯޓު ކަރުދާސް ސައްޙަކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. މި ބަދަލާއެކު އެންމެ ގިނަ ވޯޓު ހޯދި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ޢަދަދު އެއްވަރުވުމުން، މިއަދު މި ބާއްވާ ނަތީޖާ ނެރޭ އިންތިޚާބުގައި ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.