ދ. މީދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރެއްވި ސުހާއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސްކަން ކާމިޔާބުކުރެއްވި ސުހާއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Author
އަހުމަދު
13 ޖޫން 2026 06:50
0

ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ސުހާ އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސުހާއަށް މަރުޙަބާ ދަންނަވައި، އޭނާއަށް ވޯޓު ދެއްވި އެ ދާއިރާގެ ރައްޔިތުންނަށާއި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 985 މީހުން ވޯޓުލާފައިވާއިރު، ސުހާއަށް 529 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިތުރު ބުރެއްގެ ވޯޓުލުން ކުރިއަށްގެންދަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުގައި ބެހެއްޓި ފޮއްޓެއްގެ އެއް ވޯޓު ކަރުދާސް ސައްޙަކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.