އެޓަރނީ ޖެނެރަލްގެ އޮފީހުން 6 ޤާނޫނީ ވަކީލުން ހޯދަނީ

އެޓަރނީ ޖެނެރަލްގެ އޮފީހުން 6 ޤާނޫނީ ވަކީލުން ހޯދަނީ

Author
ހުސައިން
05 މާރޗް 2025 02:45
0

އެޓަރނީ ޖެނެރަލްގެ އޮފީހުން ލީގަލް އެއިޑް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނެ 6 ޤާނޫނީ ވަކީލުން ހޯދުމަށް އިޢުލާންކޮށްފިއެވެ. މި ވަކީލުންނަކީ ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ހޯދާ ފަރާތްތަކެކެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ފޮނުވިދާނެއެވެ.

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު "ޓާމްސް އޮފް ރިފަރެންސް" ގައި ހިމަނާފައިވާކަމަށާއި، މި ލިޔުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 7911194 އަށް ގުޅައި ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެކަމަށްވެސް އިޢުލާނުގައި ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.