ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' ނަމުގައި ޕްރޮގްރާމެއް ފަށައިފި

ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' ނަމުގައި ޕްރޮގްރާމެއް ފަށައިފި

Author
ހުސައިން
04 މާރޗް 2025 04:20
0

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް 'އަވަސްވެ ގަންނާށެ' މި ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

އެގޮތުން އައްސޭރި ޖަލުގައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމު ފަށްޓަވައިދެއްވީ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސެޢިން އެވެ.

އަދި ހުޅުމާލޭ ޖަލުގައި މި ޕްރޮގްރާމް ފަށްޓަވައިދެއްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ.

ފަސް ހަފްތާއަށް ބަހައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި ހުޅުމާލޭ ޖަލުން ބައިވެރިވީ 51 ޤައިދީންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.

މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.