އަޒާން މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވަކިކޮށްފި

އަޒާން މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވަކިކޮށްފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މާޒޫޤު މަޖިލީހުގެ ދެ ކޮމިޓީއަކުން ވަކިކުރައްވާފައެވެ.

މިގޮތުން އަޒާން ވަކިކުރެވިފައިވަނީ ޕަބްލިކް އެކައުންޓްސް ކޮމިޓީ އަދި ސެކިއުރިޓީ ސަރވިސަސް ކޮމިޓީންނެވެ.

މިއަދު މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް ވިދާޅުވީ އަޒާން މާޒޫޤު ވަނީ އެހެން މެންބަރަކާ ބަދަލުކުރެވިފައި ކަމަށެވެ. މިގޮތުން ޕަބްލިކް އެކައުންޓްސް ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން (ޕީ.އެން.ސީ) ވަނީ އައްޔަނުކުރެވިފައެވެ.

އަދި ސެކިއުރިޓީ ސަރވިސަސް ކޮމިޓީއަށް ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް (ޕީ.އެން.ސީ) ވަނީ އައްޔަނުކުރެވިފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވިގޮތުގައި އަޒާން މާޒޫޤު ވަނީ ޕެޓިޝަން ކޮމިޓީ އަދި މެންބަރުންގެ އިމްތިޔާޒާއި އަޚްލާޤު ކޮމިޓީއަށް އައްޔަނުކުރެވިފައެވެ.

މަޖިލީހުގެ މުހިންމު ކޮމިޓީތަކުން އަޒާން ވަކިކުރެވުނީ، ގާޒީންގެ ގާނޫނަށް ގެނެވުނު އިސްލާހަށް ވޯޓުދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ. މި އިސްލާހަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރާ އިސްލާހެކެވެ.

އަޒާން ވިދާޅުވިގޮތުގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީގޮތުން އިއުތިރާޒުކުރެވޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް، ކޮމިޓީތަކުން ވަކިކުރުމުގެ ނިންމުމާއެކުވެސް އަޒާން މާޒޫޤު ވިދާޅުވެފައިވަނީ އޭނާ ދެމިހުންނަވާނީ ސަރުކާރާއެކު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ