ހުޅުމާލޭ ފޭސް 2 ގައި ދެ ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީގެ އިތުރުކޮޅެއް ކުރިން ހިނގި މިހާދިސާގައި ދެކާރު ޖެހި ވަނީ ފޭސް 1 އިން އަރައިގެންދާ ބްރިޖު ހިމެނޭ ނިރޮޅު މަގާއި، ގުޅިފައިވާ މަގުގައެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން ހުޅުމާލޭ ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަނުންނެވެ. އަދި ކޮންމެވެސް ވަރަކަށް މީހުންވެސް އެސަރަހައްދައް އެއްވެފައިވެއެވެ. ނަމަވެސް މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. އެކްސިޑެންޓުވި ދެ ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ކޮމެންޓު ފޮނުވާ