ރައްޔިތުންގެ ފައިސާ އިން ދައުލަތަށް ނަގާ ޓެކްސް ފައިސާއަކީ ސަރުކާރުން ހަވާ އަރުވައި އުފާކުރަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެކަމަށް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ޓެސްކްސް ނުނެގޭނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަތަކަށް އިޝާރާތްކޮށް ޑރ.އިޔާޒު ވިދާޅުވީ ރައްޔިތުންގެ އަތުން ނެގޭ ފައިސާއަކީ ރައްޔިތުންގެ ކަންކަން ފުއްދުމަށް ނެގޭ ފައިސާއަަކށް ވާންޖެހޭކަމަށެވެ. އެފައިސާއަކީ ދައުލަތުން ހަވާ އަރުވައި އުފާކުރުމަށް ބޭނުން ކުރާ ފައިސާއަށް ވެގެން ނުވާނެކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ފައިސާއިން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންތައް ކޮށް ދިނުން ފިވައި އެހެން ކަމެއްގައި ބޭނުމެއް ނުކުރެވޭނެ. އެއީ ހަވާ އަރުވަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެ.
– އިޔާޒު ވިދާޅުވިއެވެ.
އިޔާޒު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތް ހިންގުމަށް ރައްޔިތުންގެ ޓެކްސް ފައިސާ ނެގޭނެކަމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވިދާޅުވެފައި ވަނިކޮށެވެ. އަދި ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް މިފަދަ ވާހަތަކެއް ދައްކަވާފައިވާއިރު، އިލިޔާސް ޖަމާލު ހުންނެވި މަޤާމަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާދޭ މަޤާމެއްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
އިލްޔާސް ޖަމާލުގެ މިވާހަތަކާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ދީނީ ގިނަ އިލްމުވެރިން އެއްބަސްވަނީ ދައުލަތް ހިންގުމަށް ބޭނުންވާ ކަންކަން ކުރުމަށާއި، ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ޓެކްސްގެ ގޮތުގައި ފައިސާ ނެދޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ