މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

Author
ހުސައިން
01 މާރޗް 2025 11:42
0

ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ވިއްސާރައާ ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވެއެވެ. މި ސަމާލުގައި ހިމެނެނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރި ސަރަހައްދުތަކެވެ. އަދި މި ސަމާލު ދެމިއޮންނާނީ މިއަދުގެ 17:00 ގެ ނިޔަލަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، ހުދު ސަމާލުގެ މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެގެންދާނެއެވެ.

ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނީ ވިއްސާރަކުރަމުންނެވެ. އަދި މީގެ ކުރިން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.