ޓޮޓެންހަމް، އާއި ފުލަމް ބައްދަލުކުރަން އޮތް މެޗުވެސް ފަސްކޮށްފި

ޓޮޓެންހަމް، އާއި ފުލަމް ބައްދަލުކުރަން އޮތް މެޗުވެސް ފަސްކޮށްފި

Author
އިބްރާހީމް ސާޢިދު
31 ޑިސެމްބަރ 2020 12:23
0

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ފުލަމް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

މެޗު ފަސްކުރުމާ ގުޅިގެން ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުނީ ފުލަމްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މެޗު ފަސްކުރަން ނިންމިކަން ބުދަ ދުވަހު ޕްރިމިއާ ލީގުން އެ ޓީމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްވި ފުލަމުގެ އެންމެނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރަން ނިންމީ މެޗު ފަށަން ނިންމާފައި އޮތް ވަގުތުގެ ތިން ގަޑިއިރު ކުރިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން މި މެޗު ފަސްކޮށްދިނުމަށް ފުލަމުން އެދުނީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީއެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކުރި ޓެސްޓުތަކުން 18 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ފުލަމްގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިދިޔަ ހޮނިހިރު ދުވަހު ފުލަމުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ސްކޮޓް ޕާކާ ބައިވެރިވެފައެއް ނުވެއެވެ. އެ މެޗަށް ސްކޮޓް ޕާކާ ހާޒިރުނުވީ އޭނާގެ އައިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޗު ފަސްކުރިއިރު، މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.