ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

Author
ހުސައިން
26 ފެބްރުއަރީ 2025 12:58
0

މާލެއިން ކ. މާފުށްޓަށް ދަތުރުކުރަމުން ދިޔަ އުޅަނދެއް ފަރުމަތީގައި ބަންޑުން ޖަހާލާފައިވާ ކަން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހާމަ ކޮށފިއެވެ. މި ދޯނި ބަންޑުން ޖަހާލާފައިވަނީ ވައްމާފުށީގެ އުތުރުން 0.33 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.

އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ އުޅަނދުފަހަރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އިތުރަށް ސަމާލުވުމަށްވެސް އެފަރާތުން ގޮވާލާފައިވެއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މިފަދަ ހާދިސާއެއް ހިނގައިފިނަމަ މައުލޫމާތު ވީހާވެސް އަވަހަކަށް ހިއްސާކުރުމަކީ، އިތުރު ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.