ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި

ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
23 ފެބްރުއަރީ 2025 01:54
0

ރ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އުނގޫފާރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުނގޫފާރު، ރިވެލިގޭ މުހައްމަދު އަމްޖަދު (61 އަހަރު) އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67 އަހަރު) އެވެ. މި ދެ ފަރާތް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ފަރާތުން ކުރިއަށްދާ ކަމަށް އެފަރާތުން ހާމަކުރިއެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީގައި ސިހުރާ ގުޅުންހުރި ބޮޑު އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވެއެވެ. މި އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކުރުމަށްފަހު، އޭގެ ތެރެއިން 8 ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފުލުހުންނަށް ފެނިފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.