‎ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް، ތަހުނިޔާ ފޮނުއްވައިފި

‎ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް، ތަހުނިޔާ ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
22 ފެބްރުއަރީ 2025 01:44
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސް، ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރ، އަދި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

‎ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރ އަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

‎ސެއިންޓް ލޫސިއާ، މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.