އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުގެ ގެ އަނދާ ހުލިވެއްޖެ

އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުގެ ގެ އަނދާ ހުލިވެއްޖެ

Author
ހުސައިން
21 ފެބްރުއަރީ 2025 10:43
0

އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ އައްޑޫ ސިޓީގެ ނައިބު ރައީސް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގައި މިއަދު ފަތިހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ސިފައިންނަށް ރިޕޯޓްކުރެވުނީ ފަތިހު 5:11 އެހާކަންހާއިރުގައި ކަމަށްވާއިރު، އަލިފާން ނިއްވާލެވުނީ ހެނދުނު 8:05 އެހާކަންހާއިރުގައެވެ.

މި ހާދިސާގައި ގެ އެއްކޮށް އަނދައި ހުލިވެގެން ގޮސްފައިވާކަން މުހައްމަދު ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވިއެވެ. އަދި ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގޭގައި ދިރިއުޅެމުން އައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ، އެންމެން ސަލާމަތުން ތިބިކަން ސިފައިންނާއި މުހައްމަދު ރަޝީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.