މާލޭގައި ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާ މައްސަލައިގައި ޖަނަވާރާބެހޭ މިނިސްޓްރީން ވަނީ ތަހުގީގު މަސައްކަތް ފަށައިފައެވެ.
މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، އެކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި މިކަން ދިމާވާ ސަބަބު ހޯދުމަށްފަހު ވީހާވެސް އަވަހަކަށް އާންމުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.
މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ބަލިވެފައިވާ އަދި މަރުވެފައިވާ ބައެއް ކޮތަރުތަކުގެ ފޮޓޯތަކެއްވެސް ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ