ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ޔޫރޯ ސްޓޯރުގެ ގުދަނަށް ވަދެ 130 އަށްވުރެ ގިނަ ސިނގިރޭޓް ފޮށި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައި ނުވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
ތަފްސީލް އަންނަނަީ..