ނައްތާލަން ބޭނުންވާ، ބާވެފައިވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް އަހަރަކު ދެފަހަރު ބަލައިގަންނަނީ

ނައްތާލަން ބޭނުންވާ، ބާވެފައިވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް އަހަރަކު ދެފަހަރު ބަލައިގަންނަނީ

Author
ހުސައިން
16 ފެބްރުއަރީ 2025 11:05
0

މާލޭގެ ގޭގެއިން ނައްތާލަން ބޭނުންވާ ބާވެފައިވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް އަހަރަކު ދެފަހަރު ބަލައިގަތުމަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ބުރުގައި މިފަދަ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 28 އަށެވެ.

ކައުންސިލުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ފަލަސްތީން ހިނގުމުގައި ހުންނަ ކައުންސިލް އިދާރާގެ ވޭސްޓް ސެކްޝަނުގައި މިތަކެތި ބަލައިގަތުމަށް ޚާއްސަ މޭޒެއް ބެހެއްޓިފައި ހުންނާނެއެވެ.

އަދި ނައްތާލަން ބޭނުންވާ މިފަދަ ތަކެތި އެސަރަހައްދަށް ގެންގޮސް އެމޭޒުގައި ބެހެއްޓުމަށް ކައުންސިލުން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.