ރަމަޟާން މަހު ތަކެތީގެ އަގު މައްޗަށް ދާނަމަ ސަރުކާރުން ވަގުތުން ފިޔަވަޅު އަޅާނެ: ސައީދު

ރަމަޟާން މަހު ތަކެތީގެ އަގު މައްޗަށް ދާނަމަ ސަރުކާރުން ވަގުތުން ފިޔަވަޅު އަޅާނެ: ސައީދު

ގުޅުންހުރި

ރަމަޟާން މަހު ތަކެތީގެ އަގު މައްޗަށް ދާނަމަ ސަރުކާރުން އެކަމަށް ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިގޮތުން މިދިޔަ އަހަރު ރަމަޟާން މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޓީގެ މަސައްކަތުން އަގުތައް ވަރަށް ރަނގަޅަށް މެނޭޖްކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަހަރުވެސް އެފަދައިން އަގުތައް މެނޭޖްކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ދުރާލާ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް އަގުތައް ތިން ޕަސެންޓަށްވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްގޮތަށް އަގުތަކާ ގުޅޭ ޚާއްޞა ސިޔާސަތެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރޯދަމަހަށް 183 އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާ ކަމަށާއި، އޭގެ ތެރެއިން 54 ބާވަތް ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުންވެސް އަގު އުފުލުނަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ރިޔާސީ ބަޔާނުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަ ނުދިނުން ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް އަގުތައް ބޮޑުނުވާނެ ގޮތަށް ހިފެހެއްޓުމަށް މިހާރުވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ