ޕީސީބީގެ ރައީސް ހަމްދީ އަޤީލް މަގާމުން ވަކި ކޮށްފި

ޕީސީބީގެ ރައީސް ހަމްދީ އަޤީލް މަގާމުން ވަކި ކޮށްފި

Author
ޙަސަން މުޙައްމަދު
13 ފެބްރުއަރީ 2025 10:06
0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީ އަޤީލް މަޤާމުން ވަކިކޮށްފިއެވެ. ނަމަވެސް މި ނިންމުމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕީސީބީގެ ރައީސްގެ މަޤާމަށް ހަމްދީ އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި ވަގުތު ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ތެރޭގައި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.