އާއަހަރު މާލޭގައި ހަވާ ނާރުވާނެ، ހަވާ އަރުވަނީ 43 ރިސޯޓެއްގައި

އާއަހަރު މާލޭގައި ހަވާ ނާރުވާނެ، ހަވާ އަރުވަނީ 43 ރިސޯޓެއްގައި

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 09:46
0

އާ އަހަރު ފާހަގަ ކުރުމަށް ވިޔަފާރި އުސޫލުން ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އާއަހަރުގެ ހަވާ އެރުމުގެ ކަންކަން މާދަމާރޭ ކުރިއަށް ގެންދިރުމަށް ހަމެޖެހިފައިވާއިރު، މާލޭގައިވެސް އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައިވެސް ހަވާ އެރުވުމެއް ނޯންނާނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މާދަމާރޭ 43 ރިސޯޓެއްގައި ހަވާއަރުވުމަށް ހަމަޖެހިފައިވާއިރު، ހަވާއެރުވުމުގައި ހަރަކާތްތެރިވާނީ ސިފައިންކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އާހައަރާއި ދިމާކޮށް މީގެ ކުރިން މާލޭގައިވެސް ހަވާ އެރުވި ނަމަވެސް ކޯވިޑް19 އާއި ގުޅިގެން މާލޭގައި އާ އަހަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައިވެސް އާ އަހަރާއި ދިމާކޮށް ޚާއްސަ ކަންތައްތަކެއް ރާވާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.