ދެ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

ދެ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނަންފުޅުތަކެއް ފޮނުއްވާފައެވެ.

މިގޮތުން ރާއްޖެއިން ކެނެޑާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދުގެ ނަންފުޅާއި، ރާއްޖެއިން މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ރާއްޖެއިން ސައުދީ އަރަބިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅު ވަނީ ހުށަހަޅުއްވާފައެވެ.

މީގެއިތުރުން، ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަކަށް ރާއްޖެއިން ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށްޓަކައި ވެސް ނަންފުޅުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަންފުޅާއި، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)އަށް އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފްގެ ނަންފުޅު އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅު ވަނީ ހުށަހަޅުއްވާފައެވެ.

މި ހުރިހާ ނަންފުޅުތަކެއް ދިރާސާކުރެއްވުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *