މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ ކުޑަކުއްޖާ 5 ދުވަހަށް ބަންދުކޮށްފި

މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 17 އަހަރުގެ ކުޑަކުއްޖާ 5 ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
10 ފެބްރުއަރީ 2025 04:02
0

ހޮނިހިރު ދުވަހުގެ ރޭ މާލޭ ވައިލެޓް މަގު، ދޮންހުރާ ގޯޅީގައި މާރާމާރީ ހިންގަން މަސައްކަތްކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދާމެދު ކޯޓުން ގޮތެއް ނިންމައިފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މއ. ރިހިވިލާ އަހުމަދު މާނިއު (23އ) އާއި ގދ. ގައްދޫ، ފަނޑުނުވާގެ މުހައްމަދު އަޔާން (18އ) 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު 17 އަހަރުގެ ކުޑަކުއްޖާގެ ބަންދުގެ މުއްދަތެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވަނީ ފަސް ދުވަހެވެ. މި ކުޑަކުއްޖާގެ މަޢުލޫމާތު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.