އިފުރު ރިސޯޓުން ގެއްލުނު އިންޑިއާގެ ޝެފް އަފްތާބް ހާންގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އާއިލާއިން ނިންމައިފިއެވެ. އިންޑިއާ ނޫސްތަކަށް އަފްތާބް ހާންގެ އާއިލާއިން ދިން އިންޓަވިއުތަކުގައި ބުނެފައިވަނީ، މި މައްސަލައިގައި އިންޑިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް އެދި ކޯޓަށް ދާން ނިންމީކަމަށެވެ.
މިދިޔަ ޖަނަވަރީ 27 ވަނަ ދުވަހު ގެއްލުނު އުއްތަރު ޕްރަދޭޝްގެ އަލިގަރު އުފަން 24 އަހަރުގެ އަފްތާބް ހާން ކަނޑުގެ އަޑިއަށް ހިނގައްޖެކަމަށް ބެލެވުނު ނަމަވެސް، 15 ދުވަސް ވީއިރުވެސް އޭނާގެ ހަށިގަނޑު ނުފެނި ވެއެވެ. މި ހާދިސާގައި އަފްތާބް ހާންއާ އެކު ހުރި ޕަރަމްޖީތް ސަލާމަތްކުރެވުނު ނަމަވެސް، އޭނާގެ ހާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
އަފްތާބް ހާންގެ އާއިލާގެ ވަކީލު ޒީޝާން ހާން ވަނީ އިންޑިއާ ގާނޫނު އަސާސީގެ 21 ވަނަ މާއްދާގެ ދަށުން މި މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށް ބުނެފައެވެ. އަދި ރިސޯޓުގެ ސީސީޓީވީ ފުޓޭޖް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެކަން ވަނީ ނުވެފައި ކަމަށާއި، އާއިލާއަށް ލިބިފައިވަނީ އަފްތާބް ހާންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އެކަނިކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްสަލައިގައި ރިސޯޓުންނާއި ދިވެހި ސަރުކާރުގެ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ސުވާލު އުފައްދާނެ ކަމަށާއި، މި މައްސަލައިގައި އާއިލާއަށް ބަދަލު ހޯދުމަށްވެސް މަސައްކަތްކުރާނެ ކަމަށް ވަކީލު ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ