ދެ އިންތިޚާބު އެއްކޮށްލާ ބިލް މިއަހަރު ރައްޔިތުން މަޖިލިހަށް ހުށަހަޅަނީ

ދެ އިންތިޚާބު އެއްކޮށްލާ ބިލް މިއަހަރު ރައްޔިތުން މަޖިލިހަށް ހުށަހަޅަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު މިއަހަރު ރައްޔިތުން މަޖިލިހަށް ހުށައަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުއްވާ ދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޤައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް 35 ބިލު ހުށައެޅުއްވިކަމަށެވެ. ރައްޔިތުންގެ މަޖިލީހުން 30 ބިލު ފާސްކޮށްފައިވާކަމަށާއި އޭގެތެރޭގައި 21 ޤާނޫނަކަށް އިސްލާހު ގެނައުމުގެ ބިލަކާ މުޅިން އާ 8 ބިލެއް އަދި ޤާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

މިގޮތުން ޤާނޫނުއަސާސީއަށް ގެނައުމަށް ޤަސްދުކުރާ މުހިންމު ބައެއް އިސްލާހުތަކަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން.
މަޖިލިހަށް ހުށައަޅުއްވާ ބިލްތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީއަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް މިއަހަރުވެސް މަޖިލިހަށް ހުށައަޅުއްވާނެކަމަށެވެ. އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށާއި، ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހުށައަޅުއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތްވެސް އިސްލާހުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ބިމުގެ ބިލާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލާއި، އެންޓި ކޮރަޕްޝަންގެ ޤާނޫނަށާއި ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތަކާއި، އެސެޓް ރިކަވަރީއާބެހޭ ބިލު މިއަހަރު މަޖިލިހަށް ހުށައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *