ލ.މާވަށު ބަނދަރުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިއަދު ނިމިފައިވާކަމަށެވެ. މިބަދަރަކީ ޖާގަ ތަނަވަސް، އެހާމަ ފުރިހަމައަށް އެމްޓީސީސީން ތަރައްޤީ ކޮށްދެއްވާފައިވާ ބަނދަރެކެވެ.
މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު އޭޕްރީލް 7 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގެ ބޭރު ތޮށި ހެދުމާއި 110 މީޓަރުގެ އެތެރެ ތޮށި ހަދައި، ބަނދަރާއި، ނެރު ވަނީ ފުންކޮށްފައެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 07 އޭޕްރީލް 2020 ގައި.
އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ