ތިނަދޫ މަސްވެރިން މަސްކިރޭނެ ގޮތެއްނެތިފަ، މެމްބަރު ސަނީފްގެ ނުރުހުން ކަމާއިބެހޭ ފަތާތްތަކަށް!

ތިނަދޫ މަސްވެރިން މަސްކިރޭނެ ގޮތެއްނެތިފަ، މެމްބަރު ސަނީފްގެ ނުރުހުން ކަމާއިބެހޭ ފަތާތްތަކަށް!

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 04:57
0

ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫގެ ގިނަ އަދަދެއްގެ މަސްދޯނިތަކުން މިއަދު މަސްވެރިކަން ކުރުމަށްފަހު ބޭނި މަސްކޮޅު ކިރޭނެ ގޮތެއްނެތި، އެތައް އިރެއްވަންދެން ތިބެންޖެހުމުން މެމްބަރު ސަނީފްގެ ނުރުހުން އިންތިހާއަށް ކަމާއިބެހޭ ފަރާތްތަކަށް އަމާޒުކޮށްފިއެެވެ.

ތިނަދޫ ފަޅަށް ލަފާ ފުރުމަށްވެސް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާއިރު، މަސްވެރިންނަށް އެމީހުން ބޭނި މަސްކޮޅު ކިރާލެވޭނެ ގޮތެއް ނެތުމަކީ މެމްބަރު ސަނީފުގެ ކަންބޮޑުވުމުވެއެވެ. ސަނީފް ވިދާޅުވީ ތިނަދޫގައި މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި 100 ޓަނުގެ މަސް ސްޓޯރޭޖް ގާއިމް ކުރުމަށްފަހު މިނިސްޓަރ ޒަހާއާއި ކަމާއި ގުޅުންހުރި ފަރާތްތަކުން އިތުރުފުޅު ހައްދަވާފައިވާކަމަށް ރައްިޔތުން ބުނަމުންދާކަމަށެވެ. މިކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސަނީފް ވަނީ ސުވާލު ކުރައްވާފައެވެ.

ތިނަދޫގައި މަސް ނުކިރިގެން އެތައް ދޯނިތަކެއް ތިބިއިރު މަސް ގަންނަ ބޯޓުގައި ޖާގައެއް ނެތް. މަސްވެރިން އުންމީދުކުރި 100 ޓަނުގެ މަސް ސްޓޯރޭޖް މި ޑިސެމްބަރު ގައި އަޅާނެކަމަށް ބުނެ މިނިސްޓަރ ޒަހާ އާއި ބައެއް ފަރާތްތަކުން އޮޅުވާލި ކަމަށް ރައްޔިތުން ތުހުމަތު ކުރަން ޖެހުނީ ކޮންބައެއްގެ ސަބަބުންތޯ؟

– ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ މަސްވެރިންނަށް އެމީހުން ބާނާ މަސްކޮޅު ނުކިރޭނަމަ އެކަމުގެ ދަތިކަން މުޅި ރައްޔިތުންނަށް ކުރާނެކަމަށެވެ. އެގޮތުން މިއަދު ރަށުގެ ނެރާއި ދިމާލަށް އޮތް ބޯޑަށް މަސް ނުކިރި ގިނަ މަސްދޯނިތައް ތިބެންޖެހުމުން ރަށަށް އަންނަ އެހެން އުޅަދުތަކަށާއި، ދާން ބޭނުންވާ އުޅަދުތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.

ތިނަދޫ ނެރާއި ދިމާލަށް އޮތް މަސްކިރާ ބޯޓުން މަސްނުކިރި، ބޯޓު ކައިރީ ތިބި މަސް ދޯނިތައް އެތާ ތިބެންޖެހުމުގެ ސަބަބުން ތިނަދޫ އިން ފުރާ، ވަންނަ އުޅަދުތަކަށް މިއަދު ދަތިތަކާއިއެބަ ދިމާވޭ.

– ސަނީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާނާ މަސްކޮޅު ނުކިރި އެކަމުގެ ކަންބޮޑުވުން މަސްވެރިން ދަނީ ފާޅުުކުރަމުންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ފިޝަރީޒް މިނިސްޓަރ ވިދާޅުވެފައިވަނީ އިހުތިޖާޖު ކުރަނީ އުުތުުރުގެ މަސްވެރިކަން ރަނގަޅުވުމުން ގިނަ މަސްވެރިން އުތުރުގައި މަސްވެރިކަން ކުރާތީކަމަށެވެ. ނަމަވެސް މިއަދު ދެކުނުގެ މަސްވެރިންނަށްވެސް މިވަނީ ހަމަ މިމައްސަލަ ދިމާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kkkk
mibaigandu ladhu nugannakan magey hithah aranee