"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއިއެކު އެރި 26 މީހަކަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލާގައި ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ. ފަސްކުރި ނަމަކަށްކިޔާ މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އަރާފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވައެވެ. މިމީހުންގެ މައްޗަށް ދައުވާކޮށްދޭން ވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.
ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ.
"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއެކު އެރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ.
ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ.
މިކަމާއި ގުޅިގެން ރިޗް ކުލަބު މޯލްޑިވްސްގެ އެއް ހިއްސާދާރެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ޝަރީއަތަކާއި ނުލައި "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރާފައި ވަނީ އެދޯނި މަސްވެރިކަމުގައި އުޅެމުންދަނިކޮށްކަމަށެވެ. ޖާބިރު ވިދާޅުވީ ފަސްކުރި ދޯނިގަތް އޭނާގެ ހިއްސާއޮންނަ ރިޗް ކްލަބުންދިޔައީ ދޯންޏަށް ފައިސާ ދައްކަމުންކަމަށެވެ. އަދި އެގޮތަށް ހަތިޔާރާއެކު ދޯންޏަށް އެރުމަކީ ޓެރަރިޒަމްގެ ޢަމެއްލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ