މާލޭގައި ދިރިއުޅެން ޚަރަދު ބޮޑުވެގެން، ފައިސަލް ދިރިއުޅުން އުފަން ރަށަށް ބަދަލު ކުރަނީ

މާލޭގައި ދިރިއުޅެން ޚަރަދު ބޮޑުވެގެން، ފައިސަލް ދިރިއުޅުން އުފަން ރަށަށް ބަދަލު ކުރަނީ

Author
ހުސައިން
02 ފެބްރުއަރީ 2025 04:23
0

ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މާލޭގައި ދިރިއުޅެން ޚަރަދު ބޮޑުވެގެން ދިރިއުޅުން އަމިއްލަ ރަށް ލ. ފޮނަދުއަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަ ކޮށްފިއެވެ.

މިކަން އޭނާ މީޑިއާއަށް ހާމަކުރައްވަމުން ވިދާޅުވެފައިވަނީ މާލޭގައި ދިރިއުޅުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި، މިހާރު ފަސް މަސްދުވަހުގެ ކުޑަ ދަރިފުޅެއް ވެސް ހުރުމާއެކު އަމިއްލަ ރަށަށް ބަދަލުވުމަށް ނިންމެވީ ކަމަށެވެ.

ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މިހާރު ފޮނަދޫ ދާއިރާގެ މެންބަރެކެވެ. ރަށަށް ބަދަލުވި ނަމަވެސް، ފައިސަލް ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކުރީގައި އޭނާ ހިމެނިވަޑައިގަތް ޕީޕީއެމް މިހާރު އުވާލާފައިވާތީ، މިވަގުތު އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރުކަމުން ވަކިކުރެވުނު ފައިސަލް ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރެއްވީ ވަރަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ. އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކުރައްވައި، އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހީމް އެ މަގާމަށް އައްޔަންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.