އއ. އުކުޅަހުގައި އުޒްބަކިސްތާނަށް ނިސްބަތްވާ ފަތުރުވެރިއެއް މިއަދު ގެނބިގެން ނިޔާވެއްޖެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 72 އަހަރުގެ މި ފިރިހެން ފަތުރުވެރިޔާ ނިޔާވެފައިވަނީ ގެނބިގެންނެވެ.
މި ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17:20 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ.