އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު

ބަލިން މުޅިން ރަނގަޅު ނުވަނީސް ޓްރަމްޕް ކެމްޕެއިނަށް

ބަލިން މުޅިން ރަނގަޅު ނުވަނީސް ޓްރަމްޕް ކެމްޕެއިނަށް

ގުޅުންހުރި

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް ވާދަކުރައްވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު މިއަދުން ފެށިގެން އަނެއްކާވެސް ކެމްޕެއިން ދަތުރުތައް ފައްޓަވާނެކަން އިޢުލާނުކޮށްފިއެވެ.

ކޯވިޑް-19 އަށް މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި ޓްރަމްޕަށް ވަނީ ދެ ފަހަރަށް އޮކްސިޖަން ދީފަ އެވެ. ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ އެމަނިކުފާނަށް ދިން ފަރުވާ އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ވަޒަން ކުރަން ޖެހޭނެ ކަމަށެވެ. ޓްރަމްޕް ވަނީ ރެޖެނެރޮން ފާމަޝޫޓިކަލްސް އިން އުފައްދާ ބޭސް ހިލޭ އެންމެންނަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ މި ހަފުތާގައި އެމަނިކުފާނަށް ދިން އެންޓިބޮޑީ ކޮކްޓެއިލްއަކީ ރަނގަޅު ފަރުވާއެއް ކަމަށެވެ. އެކަމަކު ރެޖެނެރޮންގެ ފަރުވާ އަށް ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައީސް ޓްރަންޕަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއަށްފަހު ކެމްޕެއިން ހަރަކާތްތަތައް މެދުކަނޑާލުމަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ޑޮކްޓަރުންވަނީ ޓްރަންޕަށް ފަރުވާދީ ނިމިފައިވާކަމަށާއި އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުން މިހާރު އެންމެ ރަނގަޅުކަމަށް ބުނެފައެވެ.

ކޯވިޑް-19 ޖެހުމުގެ ސަބަބުން ތިން ދުވަސް ވަންދެން އަސްކަރީ ހަސްފަތާލެއްގައި ފަރުވާ ހޯއްދެވި ޓްރަންޕުގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ނެތްކަމާމެދު އަދިވެސް ސުވާލު އުފެދެއެވެ. އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ޓްރަންޕުވަނީ ކޯވިޑް-19އަށް އިތުރު ތަހުލީލެއް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު އިންތިޚާބަށް މުހިންމު ފުލޮރިޑާ ސްޓޭޓަށް ރައީސް ޓްރަންޕު ދަތުރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއީ އެމަނިކުފާނަށް ކޯވިޑް-19 ޖެހުނު ފަހުން ބާއްވާ ފުރަތަމަ ބޮޑު އެއްވުމެވެ. އެ އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފުލޮރިޑާގެ ސެންފޯޑު އަވަށުގެ އެއާޕޯޓެއްގައެވެ.

ކެމްޕެއިނަށް އަލުން ނިކުމެވަޑައިގަތުމަށް ޓްރަންޕު ތައްޔާރުވެވަޑައިގަންނަވަމުން ދާއިރު ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުޘް އިންތިޒާމްކުރާ ފަރާތުންވަނީ ބަހުޡްގެ ދެވަނަ ބުރު ނުބާއްވާނެކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައެވެ. އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ރިޔާސީ ބަހުޘްގެ ދެވަނަ ބުރު ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމުން އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށް އިންތިޒާމްކުރާ ފަރާތުން ނިންމުމުން ޓްރަންޕުވަނީ އެގޮތަށް ބަހުޘްގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *