ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ކުރާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތް ރަސްމީކޮށް ފަށައިފި

ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ކުރާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތް ރަސްމީކޮށް ފަށައިފި

ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ކުރާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓަރ ޑައިވް" ހަރަކާތް ރަސްމީކޮށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް މިއަދު ފައްޓަވައިދެއްވައިފިއެވެ. އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ފިޔަވަހީގެ އިފްތިތާޙީ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދިމާލުން އޮންނަ ބީޗުގައެވެ.

މި ހަރަކާތް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އަންނަ ބުދަ ދުވަހު މާލެއިން ހުޅުމާލެއަށް 70 ކިލޯމީޓަރުގެ ޑައިވެއް ކުރިއަށްދާއިރު، ދެވަނަ ފިޔަވަހީގައި އަންނަ އަހަރު ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް 4,600 ކިލޯމީޓަރުގެ ޑައިވެއް ކުރިއަށްދާނެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ މިފަދަ އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެންނަމުންދާތީ ސަރުކާރުން އުފާކުރާ ކަމަށާއި، މިފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މި ހަރަކާތް ނިމޭއިރު، ފަތުރުވެރިކަމުގެ ގޮތުން ރާއްޖެ ތަޢާރަފްނުވާ އެތައް ބަޔަކަށް ރާއްޖެ ތަޢާރަފްވެ މާކެޓްވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެއިތުރުން، މަސްވެރިކަން ކުރާ އުޅަނދުތަކުގައި ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނުކޮށް، މި އަހަރު އިތުރު 80 ޑައިވަރުން ތަމްރީނުކުރުމަށްފަހު، އަންނަ އަހަރު މި މަޝްރޫޢު ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މި ހަރަކާތުގެ ދެވަނަ ފިޔަވަހި ކާމިޔާބުކަމާއެކު ނިމުމުން، އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވްގެ ރެކޯޑަށް ވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *