ރޭ ހިންގި "ސިނގިރޭޓް އޮޕަރޭޝަން"ގައި 103 ކާޑުބޯޑު ފޮށިގަނޑު ވަނީ އަތުލައިގެންފަ

ރޭ ހިންގި "ސިނގިރޭޓް އޮޕަރޭޝަން"ގައި 103 ކާޑުބޯޑު ފޮށިގަނޑު ވަނީ އަތުލައިގެންފަ

Author
ހުސައިން
31 ޖެނުއަރީ 2025 02:56
0

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ރޭ ހިންގި "ސިނގިރޭޓް އޮޕަރޭޝަން" ގައި ޖުމްލަ 103 ކާޑުބޯޑު ފޮށިގަނޑު އަތުލެވިފައިވެއެވެ. މި އޮޕަރޭޝަނަކީ ވެރިރަށް މާލޭގައި ސިނގިރޭޓް އުފައްދާ ތަންތަނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން "ދެން" އަށް މައުލޫމާތު ދެއްވި ގޮތުގައި މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ ސިނގިރޭޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށެވެ. އަދި ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހަދާފައިވާ ޕްރައިވެޓް އޮފީހެއް ބަލައި ފާސްކުރެވުނު ކަމަށާއި، މި ބަލައި ފާސްކުރުން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން އިތުރަށް ހާމަކުރެއްވި ގޮތުގައި އަތުލެވުނު 103 ކާޑުބޯޑު ފޮށީގެ ތެރޭގައި ދުންފަތް ހުރި ފޮށި ވެސް ހިމެނެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ރާއްޖޭގައި ދުންފަތް އުފެއްދުމަށާއި، އެކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް ސިނގިރޭޓުގެ ޑިއުޓީ ބޮޑުވުމާ ގުޅިގެން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު އުފެއްދުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.