ކަސްޓަމްސް އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" އިން 582 ކިލޯގްރާމްގެ މިޔަރު މަހާއި މަޑި މަސް ރާއްޖެއިން ބޭރުކުރަން މަސައްކަތް ކޮށްފައިވެއެވެ. މި މައްސަލައިގައި 2024 ނޮވެމްބަރު 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލައި ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން 45 ފޮށިގަނޑުން މި މަސްތައް ފެނުނެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ކުރަންޖެހޭ ތަޙްޤީޤުތައް ފުރިހަމަކުރުމަށްފަހު، 2024 ޑިސެމްބަރު 22 ވަނަ ދުވަހު މި މަސްތައް ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ރެކޯޑުތަކުން ދައްކާގޮތުގައި، ދަ ކްރިސްޓަލް ކޮމްޕެނީގެ ހިއްސާދާރުންނަކީ ދިވެހި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާން އެވެ.
މި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވަނީ މއ. ކަބީލާގެ އަށެވެ.