މެމްބަރުން ހަމަނުވެގެން އީސީން އެމްއާރުއެމް އުވާލައިފި

މެމްބަރުން ހަމަނުވެގެން އީސީން އެމްއާރުއެމް އުވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާ މަދުވެގެން ހުންނަންޖެހޭ 3000 މެމްބަރުންގެ އަދަދު ހަމަނުވާތީއެވެ.

2019 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފެދުނު މި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރު ފުރުސަތެއް ދީފައެވެ. މި ގޮތުން 2023 ވަނަ އަހަރުގެ ފެބްރުއަރީ 22 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެމްއާރުއެމް އުވާލުމަށް ނިންމި ނިންމުން މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި ވަނީ އިޢުލާންކޮށްފައެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެމްއާރުއެމް އުނިކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *