މިހާރުވެސް މިކުރާ މަސައްކަތަކީ އެހެން ދީންތައް ގެނައުމަށް ކުރާ މަސައްކަތެއް: އުމަރު

މިހާރުވެސް މިކުރާ މަސައްކަތަކީ އެހެން ދީންތައް ގެނައުމަށް ކުރާ މަސައްކަތެއް: އުމަރު

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 12:26
0

މިހާރުވެސް މިކުރާ މަސައްކަތަކީ އެހެންދީންތައް ގެނައުމަށް މީގެ ކުރިންވެސް ކުރި މަސައްކަތައް އިތުރުކުރި ބޮޅެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ގޮވާލާ މުޒާހަރާ ކުރަން ރާވަމުންދާ ކަމުގެ ތުހުމަތު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ކުރެއްވުމުން އެމްޑީޕީގެ ސީނިއާ ބޭފުޅުން "އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭ" ކަމަށްބުނެ ދަނީ ޝޯޝަލް މީޑިޔާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ޝައިޚު އިލިޔާސް ވިދާޅުވެފައިވަނީ އޮޅުވާލައިގެން އަޑިނޭގޭ ގޮތަށް މިފަދަ ހަރަކާތްތައް ހިންގިޔަސް ރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ. އިލިޔާސްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ދޮގާއި މަކަރު ހެދުމަކީ ކަނޑައެޅިގެން އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެއްކަމަށެވެ. ސިޔާސީ ގޮތުން އިސްލާމްދީނޭ ކިޔައިގެން މިފަދަ ވާހަތައް ދައްކާތާ ލައްކަ ޒަމާންތަކެއް ވެފައިވާކަމަށާއި ނަމަވެސް މިއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ވާހަތަކެއްކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަގީގަތެއް އެކުލަވޭ ކަމެއްނަމަ އެކަމުގެ ހެކި ދައްކަން ޖެހޭނެކަމަށެވެ.

މިހާރު ކުރިއަށްދާ މިބަހުސްއާއި ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މިއީ މީގެ ކުރިންވެސް ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު ބޮޅެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ އެހެން ދީންތަކަށް އިހުތިރާމް ކުރާ ބައެއްކަން ފެށުނީއްސުރެއް ނޭގޭ ރައްޔިތަކު މިގައުމުގައި ނެތްކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖެ އަށް އެހެން ދީންތައް ގެނައުމަށް ވަރަށް ގިނަ ނަންފިލާ ގަޑުތައް ވަނީ މީގެ ކުރިންވެސް ބޭނުންކޮށްފަ. މިއީ އެ މަސައްކަތަށް އިތުރުކޮށްލެވޭ އާބޮޅެއް.
ދިވެހިންނަކީ އަބަދުވެސް ހުރިހާ ދީނަކަށާއި، ހުރިހާ ނަސްލަކަށް އިޙުތިރާމް ކުރާ ބަޔެއް.

– އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ ރާއްޖޭގައި ދީނީ މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި ދީނާއި ޚިލާފަށް ދައްކާ ވާހަތަކައި، ކުރާކަންކަމާއި ދެކޮޅަށް 2008 ވަނަ އަހަރު އުފެދުނު ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގައި އެކި މުޒަހަރާތައް އުމަރު އިސްކޮށް ހުންވައިގެން ވަނީ ކޮށްފައެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިންވެސް ދެކޮޅު ހަދާ ފިކުރެކެވެ. ހަރުކަށިކުރުގެ ގިނަ ބަޔަކު ރާއްޖޭގައިވެސް މަސައްކަތް ކުރާއިރު، ބައެއް ސިޔާސީ ބޭފުޅުންދަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.