ފައިލް ފޮޓޯ

ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އިންޑިއާއިން ހައްޔަރު ކޮށްފި

ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އިންޑިއާއިން ހައްޔަރު ކޮށްފި

ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ހައްޔަރުކޮށްފިއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހުންގެ އަތުން 12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވެއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ޑީއާރުއައި އިން ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ސައިކަލެއްގައި ދަތުރުކުރަމުންދިޔަ ދެ މީހަކު ހުއްޓުވައި، އެ މީހުންގެ ދަބަސް ބަލައި ފާސްކުރުމުން 12 ދަޅުގެ ހަޝިޝް އޮއިލް ފެނުނެވެ. ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ ކަމަށްވާއިރު، އަތުލައިގަތް މިންވަރުގެ ޖުމްލަ އަގު 21 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ޓުޓިކޮރިންއަށް ނިސްބަތްވާ 34 އަހަރާއި 33 އަހަރުގެ ދެ މީހުންނާއި، 56 އަހަރުގެ ޔޮޓު ކްރޫއަކާއި، 30 އަހަރުގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)ގެ މުވައްޒަފެއް ހިމެނެއެވެ. ސީއައިއެސްއެފްގެ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރި ކަމަށެވެ.

ދިވެހި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި މި މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް އިންޑިއާގެ ކަމާގުޅޭ އިދާރާތަކަށް ރަސްމީކޮށް އަންގާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *