އިޔާޒުގެ ރައްދު: ނުބައި ރޭވުންތައް ފަޅާ އެރީމަ، އެކަމުގެ އަހުލުވެރިން ދޮގޭކިޔާ ގޮވާނެ

އިޔާޒުގެ ރައްދު: ނުބައި ރޭވުންތައް ފަޅާ އެރީމަ، އެކަމުގެ އަހުލުވެރިން ދޮގޭކިޔާ ގޮވާނެ

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 08:47
0

ރާއްޖޭގައި ބައެއް މީހުން އިސްނަގައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާއި ދެކޮޅު، އެހެން ދީންތަކަށް އިޚުތިރާމް ކުރަންޖެހޭ، ކަމަށްބުނެ މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝައިޚު އިލިޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ޑރ.އިޔާޒު ރައްދު ދެއްވައިފިއެވެ.

ޝައިޚު އިލިޔާސް ވިދާޅުވެފައިވަނީ  އޮޅުވާލައިގެން އަޑިނޭގޭ ގޮތަށް މިފަދަ ހަރަކާތްތައް ހިންގިޔަސް ރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ.އިލިޔާސްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ދޮގާއި މަކަރު ހެދުމަކީ ކަނޑައެޅިގެން އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެއްކަމަށެވެ. ސިޔާސީ ގޮތުން އިސްލާމްދީނޭ ކިޔައިގެން މިފަދަ ވާހަތައް ދައްކާތާ ލައްކަ ޒަމާންތަކެއް ވެފައިވާކަމަށާއި ނަމަވެސް މިއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ވާހަތަކެއްކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަގީގަތެއް އެކުލަވޭ ކަމެއްނަމަ އެކަމުގެ ހެކި ދައްކަން ޖެހޭނެކަމަށެވެ.

ދޮގާ މަކަރު ހެދުމަކީ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް. ތޯތޯ ވާހަކަ ދެއްކުމާއި ކުރެވޭ ކުށްހީއަށް ޚަބަރު ފެތުރުންވެސް ވަނީ ނަހީ ކުރައްވާފައި. ސިޔާސީ ބޭނުމަކު ތިޔަބޭފުޅުން ތިޔަހެން ކިޔުއްވަމުން ގެންދަވާތާ މިހާރު ކިތައް އަހަރު ވެއްޖެތޯ؟ ހަގީގަތް ވެއްޖިއްޔާ ހެއްކެތް ދައްކަންޖެހޭނެ. ބުހުތާނު ދޮގު ހަދައިގެން ފިތުނަ ފަސާދަ އުފައްދަން ތި ކުރައްވާ މަސައްކަތް ހުއްޓާލައްވާ.

– ވަހީދު ވިދާޅުވިއެވެ.

ވަހީދުގެ މިވާހަތަކާއި ގުޅިގެންޑރ.އިޔާޒު ވިދާޅުވީ އެއްވެސް އިރެއްގައި ހަގީގަތާއި ޚިލާފު ވާހަކަ ދައްކައި، އެފަދަ ކަންތައްތަކެއް ކޮށްފައި ނުވާނެކަމަށެވެ. އަބަދުވެސް ނުބައި ރޭވުންތަކާއި، ނުބައި ކަންކަން ރާވާ މީހުންގެ ރޭވުންތައް ފަޅާއެރުމުން އެކަންކަން ކުރާ މީހުން އެވާހަތައް ދޮގުރާނެކަމަށެވެ. ނަމަވެސް ހަގީގަތް ބައްލަވައިފިނަމަ މިއީ ހަގީގަތްކަމަށް ހާމަވާނެކަމަށް އިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެއްވެސް ހަގީގަތާއި ޚިލާފު އެއްވެސް ވާހަކައެއް ނުދައްކަން. ނުބައި ރޭވުންތައް ފަޅާ އެރީމަ އެކަމުގެ އަހުލުވެރިން ދޮގޭކިޔާ ގޮވާނެ. ނަމަވެސް ހަގީގަތް ބައްލަވާ ލެއްވީމަ އަޅުގަނޑުމެން މި ދައްކަ ވާހަކަ ވަރަށް ސާފުވާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒުގެ ވާހަތަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ވަރަށް ރީތި ސާދާ ދިރިއުޅުމެއް އުޅެމުންއައި ބައެއްކަމަށެވެ. އެގޮތުން ދިވެހިންނަކީ އަބަދުވެސް އެހެންދީންތަކަށްވެސް އިޚުތިރާމުކޮށްގެން ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ޤައުމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ އިސްލާމީ ރިވެތި ސާދާ އުޅުމެއް އުޅެމުން އައިބައެއް. އެހެން ދީންތަކުގެ މީހުންނަށްވެސް އިހުތިރާމް ކުރަންޖެހޭ. އަޅުގަނޑުމެންނަކަށް މި ރާއްޖެ ދޫކޮށްލައިގެން ނުތިބެވޭނެ.

– ޝިފާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިންވެސް ދެކޮޅު ހަދާ ފިކުރެކެވެ. ހަރުކަށިކުރުގެ ގިނަ ބަޔަކު ރާއްޖޭގައިވެސް މަސައްކަތް ކުރާއިރު، ބައެއް ސިޔާސީ ބޭފުޅުންދަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސޭޓު
ހާތްތެރި!! އެމްޑީޕީ މީހުން މިކިޔަނީ ދޮގުހަދަނީއޭ؟؟ ދިވެހިންނަށް ދޮގުހަދަން ދަސްކޮށްދިން ބަޔަކީ އެމްޑީޕީ މީހުން. ތި ރާޓީވީ އިން އެމްޑީޕީ އިދިކޮޅުގަ އޮތްއިރު ކިޔާފަހުރީ ހުސް ދޮގުވާހަކަ. މިއަދާ ޖެހެންދެން ދުނިޔޭގަ ހުރިމީހަކު މަރުވެފައޭވަނީ ކިޔާފަ އެބަހުރި. މިހިރީ ދޮގުހަދާވަރު. އެކަމަކު މިހާރު ހަމަ މަމެންމީ އަލިފެއް.