ރަށްރަށް ދަތުރު ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރުން އަވަސް ކޮށްދިނުން: ރައީސް

ރަށްރަށް ދަތުރު ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރުން އަވަސް ކޮށްދިނުން: ރައީސް

Author
ހުސައިން
21 ޖެނުއަރީ 2025 12:50
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އަވަސް މިނެއްގައި ފޯރުކޮށްދީ، އެކަންކަމުގެ ނަތީޖާ ދެއްކުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދު ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މިނިސްޓަރުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެ ދާއިރާއެއްގެ މިނިސްޓަރުންނާ ހިއްސާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ދަތުރުތަކުގެ މަޤްޞަދަކީ ރައްޔިތުންނަށް ޔަގީންކަން ފޯރުކޮށްދިނުމާއެކު، ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއެކު ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުވައި، އެކަންކަން ހާސިލުކުރެވޭނެ ގޮތްތައް ސާފުކޮށްދީ، ނަތީޖާ ނެރެދިނުން ކަމުގައެވެ. މި ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.