ޕީޕީއެމްގެ ނައިބް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޞިއްޚީ ހާލުކޮޅު ދެރެވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެެވެ.
ޕީޕީއެމްގެ ނައިބް ރައީސް އަދި މާލެ ސިޓީ ކައުންސިލަށް އިދިކޮޅު ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ޞީއްޚީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާދޭން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ. އަދި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއާއި ހަވާލާދީ ޕީޕީއެމްއިން ބުނެފައިވެއެވެ.
ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒަކީ ސިޔާސީ ގޮތުން އިދިކޮޅުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވަމުންދާ އެއް ބޭފުޅެކެވެ. އަދި އެމަނިކުފާނު ގެންދަނީ މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކޮށް، ކެންޕެއިން ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ