ދުނިޔެމަތީގައި ރިޝްވަތުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް، އާޚިރަތުގެ އުގޫބާތުން ސަލާމަތެއް ނުވާނެ: ޚުޠުބާ

ދުނިޔެމަތީގައި ރިޝްވަތުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް، އާޚިރަތުގެ އުގޫބާތުން ސަލާމަތެއް ނުވާނެ: ޚުޠުބާ

Author
ހުސައިން
17 ޖެނުއަރީ 2025 12:49
0

ދުނިޔެމަތީގައި ރިޝްވަތުގެ އުގޫބާތު ސަލާމަތްވި ނަމަވެސް، އޭގެ އުގޫބާތުން އާޚިރަތުގައި ސަލާމަތް ނުވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ބާތިލް ގޮތުގައި މުދާ ކެއުން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭ ކަމުގައެވެ. އަދި ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއްކަން ބަޔާން ކުރައްވަމުން، ޚުޠުބާގައި ވިދާޅުވީ އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމުގައެވެ. އަދި އެއީ ޙައްގު ބާތިލަށް ހަދައި، އަދި ބާތިލް ހައްގުކަމަށް ފުރޮޅާލާ އާލަތެއް ކަމުގައިވެސް މިއަދުގެ ޚުޔުބާގައި ވިދާޅުވެފައި ވެއެވެ.

ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަ ސިފާގައި މީހުން މަޅީގައި ޖެއްސުމަށާއި، ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެކެވެ. ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް، އެވާނީ ރިޝްވަތަށެވެ. ދުނިޔެމަތީގައި އެކަމުގެ އުގޫބާތުން ސަމާލަތްވި ނަމަވެސް، އާޚިރަތުގެ އިގޫބާތުން އެމީހާ ސަލާމަތެއް ނުވާނެކަން ކަށަވަރެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ބާތިލް ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރާންޖެހޭ މަސައްކަތް ރަގަޅަށް ނުކުރުމާއި، މަސައްކަތު ގަޑީގައި ވަގުތު ބޭކާރުކުރުންވެސް ވާކަން ބަޔާން ކުރަމުން ޚުޠުބާގައި ވިދާޅުވީ ކުރާންޖެހޭ މަސައްކަތް ރަގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.