ފްލެމިންގޯ ކުޅީގައި ތިބޭއިރު ކެނޯ ދުއްވުން ކުޅުދުއްފުށީ ކައުންސިލުން މަނާކޮށްފި

ފްލެމިންގޯ ކުޅީގައި ތިބޭއިރު ކެނޯ ދުއްވުން ކުޅުދުއްފުށީ ކައުންސިލުން މަނާކޮށްފި

Author
ޙަސަން މުޙައްމަދު
04 ޖެނުއަރީ 2025 07:25
0

އިރުވައި މޫސުމުގައި ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރާ ގުޑުގުޑާ ދޫނި (ފްލެމިންގޯ) ތަކަށް ގޯނާވާތީވެ ކުޅީގައި ކެނޯ ދުއްވުން އެ ސިޓީގެ ކައުންސިލުން މަނާކޮށްފި އެވެ.

ކުޅުދުއްފުށި ކައުންސިލުން މިއަދު ސޯޝަލް މިޑިއާގައި ކުރީ ޕޯސްޓެއްގައި ބުނީ، ފްލެމިންގޯތަކާ ބައެއް ފަރާތްތަކުން މާކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"އެހެންވެ ފްލެމިންގޯ ކުޅީގައި ތިބޭއިރު ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައި ދަންނަވަން" ކައުންސިލުން ބުންޏެވެ.

އަދި ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުދަނގޫވާފަދަ އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ. ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް 7328831 ރިޕޯޓް ކުރުމަށް އެދިފައިވެ އެވެ.

މާކަނާގެ އާއިލާގައި ހިމެނޭ ފްލެމިންގޯ އަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެ ދޫނީތަކުގެ ތެެރެއިން އެންމެ ބޮޑުވާ ގްރޭޓާ ޕްލެމިންގޯ 4.7 ފޫޓަށް ދިގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.