ރެސްޓޯރަންޓާއި ކެފޭތަކުގައި ސިނގިރޭޓު ނުބޮވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޓޮބޭކޯ ބޯޑުން ނިންމައިފި

ރެސްޓޯރަންޓާއި ކެފޭތަކުގައި ސިނގިރޭޓު ނުބޮވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޓޮބޭކޯ ބޯޑުން ނިންމައިފި

Author
ހުސައިން
02 ޖެނުއަރީ 2025 08:37
0

ރެސްޓޯރަންޓާއި ކެފޭތަކުގައި ސިނގިރޭޓު ނުބޮވޭ ގޮތަށް ޓޮބޭކޯ ބޯޑުން ނިންމައި، އެކަމާ ގުޅޭ ގާނޫނު އިސްލާހު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިފައެވެ. މިއީ ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކޮށް، ދިވެހިންގެ ސިއްހަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.

ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅުނު އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅަކީ ވޭޕް މަނާކުރުމެވެ. މިގޮތުން ވޭޕާއި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރެވިފައިވެއެވެ. މީގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓް ވެސް މި މަނާކުރުމުގެ ތެރޭގައި ހިމެނެއެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ. ވޭޕް ރާއްޖެއަށް އެތެރެކުރާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އިރު، އެތެރެކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާ ދައްކަންޖެހޭނެއެވެ. ވޭޕް ވިއްކާ ފަރާތްތަކަށް 20،000 ރުފިޔާގެ ޖޫރިމަނާއަކާއި، ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. ހަމައެހެންމެ ވޭޕް ހިލޭ ދޫކުރާ ފަރާތްތައް 10،000 ރުފިޔާއިން އަދި ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތައިން އިތުރުކުރެވިފައިވެއެވެ. އަދި ދުންފަތުގެ ވިޔަފާރިކުރެވޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ބަދަލުކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.