ވަޅިން ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހައިފި

ވަޅިން ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހައިފި

Author
ހުސައިން
31 ޑިސެމްބަރ 2024 11:27
0

ކްރިމިނަލް ކޯޓުން ވަނީ ވަޅިން ބިރުދައްކައި ފައިސާ ފޭރުމުގެ މައްސަލައެއްގައި ލ. މާވަށަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނެއް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހެޅިފައިވާކަމާއި، އޭނާ ބަންދުގައި ބަހައްޓަން ޖެހެނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީއެވެ.

މައްސަލައިގެ ސީނަށް ދިޔަ ފުލުހުން ތައްޔާރުކުރި ރިޕޯޓުގައި ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަން ފާހަގަކޮށްފައިވާއިރު، ހައްޔަރުކުރެވުނު ފަރާތުން ބުނެފައިވަނީ އެއީ ބަންގްލަދޭޝް މީހަކު އޭނާއަށް ދޭންޖެހޭ ފައިސާއެއް ކަމަށެވެ. އަދި ވަޅިން ބިރުދައްކައި ފައިސާ ހޯދިކަމަށް އިންކާރުކޮށްފައިވެއެވެ.

ކޯޓު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.