ވަޒީރުންގެ މަޖިލީހަށް އައި ބަދަލާއެކު، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ހަމަޖައްސަވައިފި

ވަޒީރުންގެ މަޖިލީހަށް އައި ބަދަލާއެކު، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ހަމަޖައްސަވައިފި

Author
ހުސައިން
29 ޑިސެމްބަރ 2024 07:37
0

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، 26 ޑިސެންބަރު 2024ގައި ވަޒީރުންގެ މަޖިލީހަށް މިއަދު ގެންނެވި ބަދަލާ ގުޅިގެން، އެ އެ މިނިސްޓްރީތަކަށް ދިވެހިބަހުން ކިޔާނޭ ނަންތައްރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 26/2024 ނަންބަރު ދެންނެވުމުގައެވެ.

އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް، ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނޭ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.