ގޭ ބަންދު ހުކުމެއްގައި ހުރި މީހަކު މޯބައިލް ފިހާރައަކުން ވައްކަން ކޮށްގެން ހައްޔަރު ކޮށްފި

ގޭ ބަންދު ހުކުމެއްގައި ހުރި މީހަކު މޯބައިލް ފިހާރައަކުން ވައްކަން ކޮށްގެން ހައްޔަރު ކޮށްފި

Author
ހުސައިން
28 ޑިސެމްބަރ 2024 07:41
0

ގޭ ބަންދު ހުކުމެއްގައި ހުރި މީހަކު މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައަކަށް ވަދެ ވައްކަންކޮށްފައިވާ މައްސަލައިގައި ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ/ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އަޒްމީލް ވަނީ ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައެވެ. އޭނާ ބަލައި ފާސްކުރުމުން އެފިހާރައިން ވަގަށް ނެގިކަމަށް ބެލެވޭ 5 ފޯނު ވަނީ ފެނިފައެވެ. އަޒްމީލަކީ މިދިޔަ އޮކްޓޫބަރު 6 ވަނަ ދުވަހު "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކުރި މައްސަލައިގައި ކުށް ސާބިތުވެ، ނޮވެމްބަރު 6 ވަނަ ދުވަހު 5 މަހާއި 22 ދުވަހުގެ ގޭބަންދު ހުކުމެއް އިއްވާފައިވާ މީހެކެވެ.

ފުލުހުންގެ މައުލޫމާތުން އެނގޭ ގޮތުގައި އަޒްމީލަކީ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަމާއި، ފޭރުމުގެ އެކި މައްސަލަތަކުގައި 59 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.