އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) އިން މުވައްޒަފުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ ތަނުގެ އެއްބަސްވުން ބާތިލުކޮށްފިއެވެ. މި އެއްބަސްވުން ބާތިލުކުރަން ޖެހުނީ އެތަން ކުއްޔަށް ނެގުމުގައި ބިޑިންގ ޕްރޮސެސްއެއް ނެތި، އަދި އާދަޔާ ޚިލާފު ބޮޑު އަގެއްގައި ކުއްޔަށް ނަގާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔެކިޔުންތަކުން އެނގޭގޮތުގައި، ކުރިން މަހަކު 60,000 ރުފިޔާއަށް ކުއްޔަށް ނަގާފައިވާ ތަން، ފަހުން ކުއްޔަށް ނަގާފައިވަނީ މަހަކު 200,000 ރުފިޔާއަށެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ފެތުރި، ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދިޔައެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން އެކްސްގައި ހާމަކުރެއްވިގޮތުގައި، އައިބީއެމްގެ މުވައްޒަފުންގެ ދިރިއުޅުމުގެ އިންތިޒާމުތަކާ ގުޅޭ ޝަކުވާއެއް ކުރިން ލިބިފައިވެއެވެ. އެހެންކަމުން، އިންޓަރނަލް އޮޑިޓް ޓީމުން މައްސަލަ ބަލައި، ބޯޑުގައި މަޝްވަރާކުރުމަށްފަހު، މިހާރުގެ އެއްބަސްވުން ބާތިލުކޮށް، އަލުން މުވައްޒަފުންގެ ދިރިއުޅުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އައިބީއެމްއަށް އަންގާފައިވެއެވެ.
އައިބީއެމް އަށް ލޭބަރ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮެސްއާއި އަގުތަކާއި ގުޅޭ ޝަކުވާއެއް އަޅުގަނޑުމެނަށް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާއެކު އެކަން ކުރިޔަށް ގޮސްފައިވާގޮތާ އަގުތައް އިންޓަރނަލް އ ޮޑިޓް ޓީމުން ބެލުމަށްފަހު @MWSC_Official ގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާގުޅިގެން…
— Abdul Matheen (@amathyn) December 24, 2024
ސޯޝަލް މީޑިއާގައި ހިއްސާކުރެވެމުންދާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި ތަން ޓެލެ މޯލްޑިވްސްއިން ކުއްޔަށް ނަގާފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށް، ޖުމްލަ 12 މިލިއަން ރުފިޔާއަށެވެ.