އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި

Author
ހުސައިން
24 ޑިސެމްބަރ 2024 08:54
0

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފަރާތް މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހައްޔަރުގައިކަމަށް މިރޭ ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެޗްޑީސީންނެވެ. ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ އޮފީހުން ގެއްލިފައިވާ ފަސް ލެޕްޓޮޕް އަދިވެސް ފެނިފައެއް ނުވެއެވެ. އަދި އެ ލެޕްޓޮޕްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޝިފާން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ދަނީ ތަހުގީގަށް އެއްބާރުލުން ދެމުންނެވެ. އަދި އެޗްޑީސީގެ އެހެން އެއްވެސް ތަނަކުން ލެޕްޓޮޕް ގެއްލިގެން ރިޕޯޓްކޮށްފައި ނުވާކަންވެސް ޝިފާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.